ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ

އިތުރު 81 މީހުން ކޮވިޑް އަށް ޕޮޒިޓިވުވެއްޖެ

އިތުރު 81 މީހުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން މިރޭ ބުނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 81 މީހުން ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިއާއެކު ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 9,649 އަކަށް އަރައިފައެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 58 ދިވެހިންނާ 23 ބިދޭސީންނެވެ. މީގެތެރެއިން 70 މީހުން މާލެއިން ޕޮޒިޓިވުވިއިރު 11 މީހަކުވަނީ އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައެވެ.

ކޮވިޑް-19 އަށް ދުވާލެއްގެ ތެރޭ ޕޮޒިޓިވުވާ އަދަދު 100 އިން ދައްކުރެވިފައިވާއިރު މިބައްޔަށް ޕޮޒިޓިވުވާ އަދަދު އަދި ދަށަށް ދަނީކަމަށް ބުނަން މާ އަވަސްކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަމަވެސް މިހާރު ޕޮޒިޓިވުވާ މިންވަރު ސުޓެބަލް ކުރެވިފައިވާ ކަމަށެވެ. މިހެން ކަމުން މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދޭން އަދި މާ އަވަސް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ