ކޮވިޑް-19 އިން މިއަދު ރަނގަޅުވީ 111 މީހުން

ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އިން ރާއްޖެއިން ރަނގަޅުވެފައިވަނީ 111 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓުގައި ބުނެފައިވަނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދަކީ 111 ކަމަށާއި މިއާއެކު ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު 8188 އަރައިފައިވާ ކަމަށެވެ.

އަދި މިހާރު އެކްޓިވް ކޭސަސްގެ ގޮތުގައި މިބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދަކީ 1422 އެވެ. އަދި މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާކުރަމުންދާ މީހުންގެ އަދަދަކީ 111 އެވެ.

ކޮވިޑް-19 އިން މީހަކު ރަނގަޅުވީ ކަމަށް ބަލަނީ އެބައްޔަށް ޕޮޒިޓިވުވާތާ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނުފެއްނަ ނަމައެވެ. އެޗްޕީއޭ އިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންނާއި އަދި ކުރިއަރައިފައިވާ އެހެން ގައުމުތަކުންވެސް ބަލިން މީހާ ފަސޭހަވިކަމަށް ބަލާ އުސޫލަކީ މިއީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ