ބިއްލޫރިގަނޑު ވެއްޓުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ | ފޮޓޯ: ފެށުން

މާލެ ގްރޭންޑް މަތިން ބިއްލޫރިގަނޑެއް ވެއްޓި އަންހެނަކަށް އަނިޔާ ވެއްޖެ

ކުރީގެ އަރަބިއްޔާ ސްކޫލު ހުރި ބިމުގައި ހަދާފައިވާ މާލެ ގްރޭންޑް ފްލެޓް އިމާރާތުގެ ފްލެޓެއްގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑެއް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މިހާދިސާގައި އަނިޔާ ވެފައިވަނީ ބިއްލޫރިގަނޑު ވެއްޓުނު ވަގުތު މަގުމަތިން ހިނގާފައި ދިޔަ 36 އަހަރުގެ އަންހެނަކަށެވެ.

ބިއްލޫރި ގަނޑު ވެއްޓުނު ސަރަހައްދު މީހަކު ސާފުކުރަނީ | ފޮޓޯ: ފެށުން

މައުލޫމާތު ލިބޭ ގޮތުގައި ބިއްލޫރިގަނޑު ވެއްޓިފައިވަނީ މާލެ ގްރޭންޑް ފްލެޓް އިމާރާތުގެ ފަސް ވަނަ ފަންގިފިލާއިން މަޖީދީ މަގަށެވެ.

އަނިޔާވި އަންހެން މީހާއަށް އައިޖީއެމްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންހެން މީހާއަށް މާސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

މާލޭ ގްރޭންޑް ފެލެޓަކުގެ ބިއްލޫރި ދޮރުތައް ތަޅައިގެން ދިއުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. No one

    Ala ka nun biloori magu macha vetuni kithame dhu ahaku vetifa eba huri mauloomaathu rangalha hoadhaagen habarutha liyanvaanee

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ