22 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވް 52 މީހުން

އަތޮޅުތެރޭގެ 22 ރަށެއްގައި ކޮވިޑް-19ގެ އެކްޓިވް 52 ކޭސް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، 22 ރަށެއްގައި 52 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 25 ރިސޯޓަކުން 15 ފަތުރުވެރިންނާއި 39 މުވައްޒަފުން މިބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނެފައިވަނީ، ރޭ 18:00 އިން މިރޭގެ 18:00 އިތުރު 81 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 9649 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 31 ފަރާތެއްވަނީ މިބަލީގައި ނިޔާވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ