މާޒީގައި އެލިގެން ތިބޭކަށް ނުޖެހޭ، ޖެހޭނީ އެއިން އިބުރަތް ލިބިގަންނަން: ޝަހީމް

މާޒީގައި ހިފައި އެލިގެން ތިބޭކަން ނުޖެހޭނެކަމަށާއި ޖެހޭނީ އެއިން ޢިބްރަތާއި ފިލާވަޅު ލިބިގަނަން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވެފައި ވަނީ މާޒީގެ އަނދިރި ހޮހަޅައިން ނިކުމެ، ޒާތީ ޢަދާވާއްތެރިކަމެއް ނެތް، އަދި ހަމަޖެހިގެން ސިޔާސީ މަސައްކަތުގައި ވާދަވެރިކަމާއެކީ އުޅެވޭ ވަރުގެ ދިމިޤުރާޠީ ވެއްޓެއް ރާއްޖޭގައި ޤާއިމުވާންޖެހޭ ކަމަށެވެ.

މާޒީން އިބްރަތް ޙާޞިލް ކުރަންޖެހޭކަމަށް ޝަޙީމް ވިދާޅުވެފައި މިވަނީ އިއްޔެ އަކީ ރައީސް މަޢުމޫންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި އިޝާރާތް ކުރައްވާފައި ވަނީ މީގެ 17 އަހަރު ކުރިން މަރުވި އީވާން ނަޞީމްގެ މަރަށެވެ.

އެގޮތުން އެމްޑީޕީ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ތުންތުންމަތިން ދެކެވެމުންއައި ޖަލުގެ އަނިޔާވެރިކަމުގެ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭ މިންވަރަށް ތިލަވެގެންދިޔައީ އީވާން ނަސީމުގެ މަރާއެކުކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ