ވަގުންވާނީ ވަގުންނަށް، ބޭނުމީ އިޚުލާސްތެރިކަން - ރޮޒައިނާ

ވަގުންވާނީ ވަގުންނަށް ކަމަށާއި ބޭނުމީ އިޚުލާސްތެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ތައުލީމުގެ އަގެއްނެތް ތަނެއް ދާނީ ފަނާވެ ނިމިގެން ކަމަށް ވިދާޅުވެ ޑރ. އައިޝަތު އަލީ ނާޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވަނީ ކިޔަވައިގެން ތިބެ ވައްކަންކުރާ މީހުން މަދީ ތޯ ސުވާލު އުފައްދަވާފައެވެ.

" ތައުލީމުގެ އަގެއްނެތްތަނެއް ދާނެ ފަނާވެ ނިމިގެން؛ ވަގުންނާ، ތަގުންނާ ކޮހުންނާ ކުރިއަރާ ބަސްބުނެ ގޮތް ނިންމާ، ގޮނޑި ކޮއްކޮ އަތުގަ އޮތް ކަންވާރުފަށްވެސް އޮޅި؛ ހުރިހާ ކަމެއް އޮޅުން ބޮޅުން އަރާފަ" ޑރ ނާޒް ގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ރޮޒައިނާ އިތުރަށް ވިދާޅުވީ ވަގުންވާނީ ވަގުންނަށް ކަމަށާއި ބޭނުންވަނީ އިހުލާސްތެރިކަން ކަމަށެވެ. އަދި ގޮނޑި ގޮނޑީގައި ތިބޭނީ ރައްޔިތުން ބޭނުންވެގެން ރައްޔިތުން ހޮވާ މީހުން ކަމަށާއި، ޑރ. ނާޒް ތި ކުރެއްވި މަލާމަތް ރައްދުވަނީ ރައްޔިތުންނަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ