އުމުރުން ދުވަސްވީ މީހަކު އިތުރުފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެގެންނަނީ

އުމުރުން ދުވަސްވީ މީހަކު އިތުރުން ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެގެނައުމުގެ މަސައްކަތް ފައްޓައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ. ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 78 އަހަރުގެ ފިރިހެނަކު ހާލު ބޮޑުވެ، އިތުރުފަރުވާއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ބަލި މީހާއާއިއެކު ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ލޭންޑްކުރުމަށް ހަމަޖެހިފައިވަނީ މިރޭ 18:00 ހާއިރު ކަމަށް އެމްއެންޑިއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ