މިއަދު ޕޮޒިޓިވުވެފައިވަނީ 75 މީހުން

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 75 ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 75 ކަމަށާއި މިއާއެކު ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 9،724 އަރައިފައިވާ ކަމަށެވެ.

މިއަދު އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 22 ދިވެހިންނާ، 53 ބިދޭސީންނެވެ. މިއާއެކު ޖުމްލަ ޕޮޒިޓިވުވި ދިވެހިންގެ އަދަދުވަނީ 6،127 އަރައިފައެވެ. އަދި ޕޮޒިޓިވުވި ބިދޭސީންގެ އަދަދުވަނީ 3،597 އަރައިފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވުވިތާ މިއަދަށް 197 ދުވަސް ވެފައިވާއިރު މިބައްޔަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވުވާ މީހުންގެ އަދަދުތައްވަނީ މަދުވާން ފަށައިފައެވެ. މިގޮތުން މިހާރު މިއަދަދު 100 އިން ދަށްވެފައިވާއިރު އެޗްޕީއޭ އިން ބުނެފައިވަނީ އަދި މިއީ މިބައްޔަށް ޕޮޒިޓިވުވާ މީހުންގެ އަދަދު ރާއްޖެއިން ދައްވީކަމަށްބަލާ ބަލި ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދޭންވީ ވަގުތު ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ