މާލޭގައި ކުރިޔަށްދިޔަ ކޮވިޑް-19 ޑްރިލްއެއް | ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 އިން މިއަދު ރަނގަޅުވީ 73 މީހުން

ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އިން ރާއްޖެއިން ރަނގަޅުވެފައިވަނީ 73 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓުގައި ބުނެފައިވަނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދަކީ 73 ކަމަށާއި މިއާއެކު ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު 8261 އަރައިފައިވާ ކަމަށެވެ.

އަދި މިހާރު އެކްޓިވް ކޭސަސްގެ ގޮތުގައި މިބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދަކީ 1424 އެވެ. އަދި މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާކުރަމުންދާ މީހުންގެ އަދަދަކީ 107އެވެ.

 

ކޮވިޑް-19 އިން މީހަކު ރަނގަޅުވީ ކަމަށް ބަލަނީ އެބައްޔަށް ޕޮޒިޓިވުވާތާ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނުފެއްނަ ނަމައެވެ. އެޗްޕީއޭ އިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންނާއި އަދި ކުރިއަރައިފައިވާ އެހެން ގައުމުތަކުންވެސް ބަލިން މީހާ ފަސޭހަވިކަމަށް ބަލާ އުސޫލަކީ މިއީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ