ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން | ފޮޓޯ: ވަން އޮންލައިން

ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން ރޭ މެންދަމު ނިޔާވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއްކަމަށާއި، ނިޔާވެފައިވަނީ ރޭ ދަންވަރު 01:25 ގައިކަމަށްވެސް އެ އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 34 ވަނަ މީހާއެވެ.  ކޮވިޑް-19ގެ އެހެނިހެން މައުލޫމާތު ތަކަށް ބަލައިލާއިރު ރާއްޖެއިން 9,724 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 8,261 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު މިބަލި ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1,430 އެވެ. މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 107 އެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ