މޫސުން ގޯސްވެ އުތުރަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ އަތޮޅު ތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވަނީ މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން ހަވީރު 6:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހިސާބަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.

މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެން ވާކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް މެންދުރުފަހުގެ ވަގުތުތަކުގައި ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވެފައި ވަނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ