މާފުށީ ޖަލު - ފޮޓޯ: މިހާރު

މާދަމާއިން ފެށިގެން ވަކީލުންނަށް ޖަލަށް ގޮސް ޤައިދީންނާއި ބައްދަލު ކުރެވޭނެ

މާދަމާއިން ފެށިގެން ޤާނޫނީ ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ޤައިދީންނާއި ބަނދުގައި ތިބި މީހުންނާއި ބައްދަލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސް އިން ވަނީ ވަނީ އެ ސަރވިސްގެ "ޤާނޫނީ ވަކީލުންނާއި ބައްދަލުވުން ހަމަޖެއްސުމުގެ އުސޫލު" ގެ ދަށުން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރާތްކޮށް، ޤައުދީންނާއި ބަންދު މީހުންނާއި ބައްދަލު ކުރުން، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މެދުކަނޑާލައިފައެވެ.

ނަމަވެސް އެކަން ނިމުމަކަށް ގެނެސް 2020 ސެޕްޓެންބަރު 22 ވާ އަންގާރަ ދުވަހުން ފެށިގެން ޤައިދީންނާއި ބަންދުގައި ތިބި މީހުންގެ ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރާތްކޮށް، އެފަރާތްތަކާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ކަރެކްޝަންސް އިން ވަނީ ވިދާޅުވެފައެވެ.

މާފުށީ ޖަލަށާއި އައްސޭރި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗް.ޕީ.އޭ އިން ނަގަންޖެހޭ ހުއްދަ ނަގަންޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށާއި ޖަލަށް ޒިޔާރަތްކުރުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށްވެ އެ ސަރވިސް ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން ވީޑިއޯ އަދި ފޯނު ކޯލް މެދުވެރިކޮށް، ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޖަލުގައި ތިބި ފަރާތްތަކާ ޤާނޫނީ ވަކީލުން ބައްދަލުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށާއި އެއްވެސް ޖަލަކުން ކޮވިޑް-19 ގެ ކޭސްއެއް ފެނިއްޖެ ނަމަ ޖަލަށް ޒިޔާރަތްކޮށްގެން ބައްދަލުކުރުމުގެ އިންތިޒާމް މެދުކަނޑާލެވޭނެ ކަމުގައި ކަރެކްޝަނަލް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

ޤާނޫނީ ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް "ޤާނޫނީ ވަކީލުންނާ ބައްދަލުވުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް ކުރުމުން، ހަމަޖައްސާފައިވާ އުސޫލާއެއްގޮތަށް ބައްދަލުވުން ހަމަޖެހިގެންދާނެ ކަމުގައި އެ ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ