އެމްޑީޕީގެ އިތުރު ކެނޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ އިތުރު ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.

އެގޮތުން އެމްޑީޕީ އަށް ނިސްބަތްވާ ތިން ކެންޑިޑޭޓަކު ނަން އަނބުރާ ވަނީ ގެންގޮސްފައެވެ. އެ ތިން ކެންޑިޑޭޓުންނަކީ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ދެ ރަށެއްގެ ކައުންސިލު މެންބަރުކަމަށް ވާދަކުރާ ދެ ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރާ އެއް ކެނޑިޑޭޓެކެވެ.

އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސްއިން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލުމާއި ގުޅިގެން އެމްޑީޕީގެ އިތުރު ތިން ކެންޑިޑޭޓަކާއި އަމިއްލަގޮތުން އަންހެނުންގެ ކޮމެޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނަކީ ޅ. ނައިފަރު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ޢަބްދުލްވާޙިދު  ޙުސައިންއާއި، ނ. މަނަދޫއިން ހަމަ އެ މަޤާމަށް ކުރިމަތިލާފައިވާ ޙަސަން ނާއިފްއާއި، އަދި ހދ. ކުރިނބީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ފާޠިމަތު ޢިނާޔާގެ އިތުރުން ބ. ފުޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ އިޙުސާނާ ޢަލީއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި މި ދެ އިންތިހާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ