ސްނޯކްލިންއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެ ވެސްޓްޕާކް ސަރަހައްދުން މިއަދު ސްނޯކްލިންއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަންފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިއަދު ހެނދުނު 11:00 ހާއިރު ސްނޮކްލިންގ އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ، މ. ބޮއިލިން ފިޝް، (24އ) ސަފްވާން ރަޝީދު ކަމަށެވެ.

ސަފްވާން ގެއްލިގެން އުޅޭކަމުގެ ޙަބަރު ލިބިގެން އެމްއެންޑީއެފްގެ މާލެ އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އޭނާ ހޮދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ، ހަވީރު 04:36 ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އޭނާގެ ހަށިގަނޑު އެސަރަހައްދުގެ މޫދު އަޑީގައި އޮއްވާ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން މިހާރު ވަނީ ހޯދާފައެވެ. ނަމަވެސް އެ ޒުވާނާ މޫދު އަޑިން ފެނުނުއިރުވެސް އޮތީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ