ސްނޯކްލިންއަށްގޮސް އުޅެނިކޮށް ނިޔާވި މ. ބޮއިލިންގް ފިޝް ޝައްފާން ރަޝީދު

ގެއްލުނު ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލެ ވެސްޓްޕާކް ސަރަހައްދުން މިއަދު ސްނޯކްލިންއަށް ދިޔަ ޒުވާނާ ގެއްލިގެން ހޯދަމުންދަނިކޮށް، އޭނާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ ހަށިގަނޑު އެސަރަހައްދުގެ މޫދު އަޑީގައި އޮއްވާ ޑައިވަރުންނަށް ފެނިއްޖެކަމަށެވެ. އަދި މިހާރު އޭނަގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދެވިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި، ޒުވާނާ މޫދު އަޑިން ފެނުނުއިރުވެސް އޮތީ ނިޔާވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކޯސްޓްގާޑުގެ ޑައިވަރުންނާއި އާއްމުޑައިވަރުން ގުޅިގެން ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ އާއްމު ޑައިވަރުންނަށް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނިފައިވަނީ 12.1 މީޓަރު އަޑީގައި އޮއްވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
14
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Hasanu

    އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ ހަށިގަނޑު އެސަރަހައްދުގެ މޫދު އަޑީގައި އޮއްވާ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިއްޖެކަމަށެވެ

    އެމްއެންޑީއެފް އިން ވިދާޅުވީ، ކޯސްޓްގާޑުގެ ޑައިވަރުންނާއި އާއްމުޑައިވަރުން ގުޅިގެން ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ އާއްމު ޑައިވަރުންނަށް ކަމަށެވެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ