"ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ކަމަށެވެ.
މިމަހުގެ 21 އިން 23 އަށް އެމެރިކާގައި ބޭއްވި "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޝަމާލް އެމެރިކާއަށް ވަޑައިގެންނެވީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
"ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" އަކީ އިންޑިއަން ޕެސިފިކް އޯޝަންގެ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ އެގްޒެބިޝަނެކެވެ.