ކޮވިޑް-19: ހޮސްޕިޓަލުގައި ފަރުވާދޭ އަދަދު 96 އަށް ތިރިވެެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 96 އަށް ތިރިވެެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި މިހާރު 96 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށެވެ.

ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި   ފަސް މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަަށެވެ. އަދި ދަރުމަވަންތައިގެ 16 ވަނަ ފަންގިފިލާގައި މިވަގުތު އެެއްވެސް މީހަކަށް ފަރުވާދެމުން ނުދާ ކަމަށާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 88 މީހަކަށް ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން ތިން މީހަކަަށް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. އެތަނުން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގަ އެވެ. އަދި ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާދޭ އަދަދު އުޅެނީ ތިނެއްގައި ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 9770 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރެއިން 8390 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހުނު 1340 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ