ކޮވިޑް-19: ޕޮޒިޓިވްވާ ދަރިވަރުންނަށްވެސް އޭލެވެލް އިމްތިހާނު ހެދޭނެ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ ދަރިވަރުންނަަށް ވެސް އޭލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި، ޑައިރެކްޓް ކޮންޓެކްޓްވާ ދަރިވަރުންނަށްވެސް އެހެން ދަރިވަރުންނާއި ވަކިން އިމްތިހާނު ހެދުމަށް ޚާއްސަ ހޯލްތަކެއް މާލެއާއި އަތޮޅުތަކުގެ ސެންޓަރުތަކުގައި ހަމަޖައްސާފައިވާކަމަށާއި އަދި އެ ހޯލްތަކަކީ އިމްތިހާނު ހެދުމަށް އާއްމުކޮށް ބޭނުންކުރާ ހޯލްތަކާއި ޚިލާފަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް އަޅާ، ބަލަމުންދާނެ ހޯލުތަކެއްކަމަށެވެ.

އެގޮތުން އެ ދަރިވަރުން ތިބި ތަނަކުން ސެންޓަރުތަކަށް ގެނައުމުގެ މަސައްކަތް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ކުރާނެކަމަށާއި އެއިން ދަރިވަރެއްގެ ސިއްހީ ހާލަތު ގޯސްވެދާނެ ހާލަތަށް ވެސް ތިބޭނީ ތައްޔާރަށް ކަމަަށް ވިދާޅުވި އެވެ. އަދި އެތަންތަނުގައި ތިބޭ ޗީފް އިންވިޖިލޭޓަރުންނަަަށް ވަކި ހާއްްސަ ތަމްރީނުތަކެއް ދޭނެ ކަމަށާއި އަދި އެކަންކަމުގެ ތަފްސީލު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިމްތިހާނު ކުރިއަށްދާ ގޮތުގެ އެސްއޯޕީގައި ހިމަނާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ