އަދިވެސް މޫސުން ގޯސް، މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް، ދެކުނަށް ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ކުރާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް އަދި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު މެންދުރު ހަވީރު 16:00 އިން އިން ފެށިގެން މިރޭ 19:00 އާ ދެމެދުގެ ވަގުތުތަކުގައި ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ތިންވަނަ ފަހަރަށް މިއަދު ޔެލޯ އެލާޓް ނެރުނުއިރު، މިއަދު ހެނދުނު 09:00 އިން މެންދުރު 12:00 އާ ހަމައަށް ތ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް އަދި މެންދުރުފަހު 12:00 އިން 15:00 އަށް ފ.އަތޮޅުން ފެށިގެން ގއ.އަތޮޅަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.

މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރުނުއިރު، ހަވީރު 15:00 އިން މިރޭ 21:00 އާ ހަމައަށް ރާއްޖޭގެ އެންމެ ދުކުނާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، އެލާޓްގެ ވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތ.އަތޮޅުގެ ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ