އެމީ އެވޯޑްސް: އެންމެ މޮޅު އެކްޓްރެސްއަކީ ޒެންޑަޔާ!

ޓީވީގެ އުފެއްދުންތަކަށް ދޭ ޝަރަފުވެރި އެވޯޑް، އެމީގެ 72 ވަނަ އެވޯޑް ހަފުލާ މިއަހަރު ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މި ހަފްލާގައި ހުރިހާ ފަންނާނުންވެސް ވާޗުއަލްކޮށް ބައިވެރިވެ އެވޯޑު ހަފްލާ ބަލާފައިވާއިރު، އެންމެ ގިނަ ބަޔަކު ހައިރާން ކޮށްލީ ޑްރާމާ ކެޓެގެރީއިން އެންމެ މޮޅު ބަތަލާގެ އެވޯޑު، ޒުވާން އެކްޓްރެސް ޒެންޑަޔާއަށް ލިބުމާއެކުއެވެ.

ޒެންޑަޔާ،(24އ)، އަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައިވަނީ ޑްރާމާ ސީރީޒް "ޔޫފޯރިއާ" ގައި އޭނާ ދައްކާފައިވާ ހުނަރުވެރި އެކްޓިންގެ ސަބަބުންނެވެ. ޒެންޑަޔާއަށް މި އެވޯޑު ލިބުމާއެކު، ގާތް މީހުންނަށް ޝުކުރުއަދާކުރުމަށް ވާހަކަ ދައްކަމުން ދިޔައިރު، އޭނާ ހުރީ އުފަލުން ރޮވިފައެވެ.

ޑްރާމާ ސީރީޒްގެ ކެޓެގެރީން އެންމެ މޮޅު ބަތަލާގެ އެވޯޑު ޒެންޑަޔާ ހޯދިއިރު، މި ކެޓެގެރީއިން ޒެންޑަޔާ އާއިއެކު ތަޖުރިބާކާރު އެކްޓްރެސްއިން ނޮމިނޭޓްވެފައިވެއެވެ. އެގޮތުން މި ނިމިނޭޝަންގައި ހިމެނޭ ޖެނިފާ އެނިސްޓަން(ދަ މޯރނިން ޝޯ)، އޮލިވިއާ ކޮލްމަން (ދަ ކްރައުން)، ޖޯޑީ ކޯމަރ، ސަންޑްރާ އޯ (ކިލިން އީވް)، އަދި ލޯރާ ލިނީ (އޮޒާކް) އަށްވެސް ޒެންޑަޔާ ވަނީ ޝުކުރު އަދާކޮށްފައެވެ.

"ޔޫރޯފިއާ" ގެ ކާސްޓުންނަށާއި އަދި ކްރޫއަށް ޝުކުރު އަދާކުރަމުން ޒެންޑަޔާ ބުނެފައިވަނީ، އެ ސިރީޒްގެ ޓީމާއެކު ކޮންމެ ދުވަހަކު މަސައްކަތް ކުރަން ލިބުމަކީ އޭނަގެ ނަސީބުކަމަށާއި އަދި  ޓީމުގެ އެންމެން ކުރާ ހުރިހާކަމަކަށް އޭނާ އިންސްޕަޔަރ ވާކަމަށެވެ. އަދި އޭނައަށް ފުރިހަމައަށް އިތުބާރުކުރީތީ، "ޔޫފޯރިއާ"ގެ ޕްރޮޑިއުސަރ ސޭމް ލެވިންސަންއަށް ޒެންޑަޔާ ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

މީގެއިތުރުން، ޒެންޑަޔާ ވަނީ ޒުވާން ފަންނާނުން މި ދާއިރާގައި ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ތައުރީފުކޮށްފައެވެ.

ޑްރާމާ ސީރީޒްއިން އެންމެ މޮޅު ބަތަލުގެ އެވޯޑު ހޯދީ، "ސްކްސެޝަން" އިން ޖެރެމީ ސްޓްރޯންގްއެވެ. އަދި "ސަކްސެޝަން" ވަނީ އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑުވެސް ހޯދާފައެވެ.

އެންމެ ފާހަގަކޮށްލެވޭ އެވޯޑުތައް:

އެންމެ މޮޅު ޑްރާމާ ސީރީޒް: ސަކްސެޝަން

އެންމެ މޮޅު އެކްޓްރެސް (ޑްރާމާ): ޒެންޑަޔާ (ޔޫފޯރިއާ)

އެންމެ މޮޅު އެކްޓަރ (ޑްރާމާ): ޖެރެމީ ސްޓްރޯންގް (ސަކްސެޝަން)

ސަޕޯޓިން އެކްޓަރު (ޑްރާމާ): ބިލީ ކްރޫޑަޕް (ދަ މޯރނިން ޝޯ)

ސަޕޯޓިން އެކްޓްރެސް (ޑްރާމާ): ޖޫލިއާ ގާރނާ (އޮޒާކް)

ޑިރެކްޓިން ފޮ ޑްރާމާ: އެންޑްރިޖް ޕެރޭކް (ސަކްސެޝަން)

ލީޑް އެކްޓަރު ކޮމެޑީ: ޔޫޖީން ލެވީ (ޝުއިޓްސް ކްރީކް)

އެންމެ މޮޅު އެކްޓްރެސް ކޮމެޑީ: ކެތްރިން އޮހެރާ (ޝުއިޓްސް ކްރީކް)

ސަޕޯޓިން އެކްޓަރު ކޮމެޑީ: ޑެނިއަލް ލެވީ (ޝުއިޓްސް ކްރީކް)

ސަޕޯޓިން އެކްޓްރެސް ކޮމެޑީ: އެނީ މާރފީ (ޝުއިޓްސް ކްރީކް)

ޑިރެކްޓިން ފޮ ކެމެޑީ: އެންޑްރޫ ސިވިޑިނޯ، ޑެން ލެވީ ( ހެޕޯ އެންޑިން، ޝުއިޓްސް ކްރީކް)

އެންމެ މޮޅު ލިމިޓެޑް ސީރީޒް: ވޮޗްމެން

އެންމެ މޮޅު އެކްޓްރެސް (ލިމިޓެޑް ސީރީޒް): ރެޖީނާ ކިންގް (ވޮޗްމެން)

އެންމެ މޮޅު އެކްޓަރ (ލިމިޓެޑް ސީރީޒް): މާކް ރަފަލޯ ( އައި ނޯ ދިސް މަޗް އިޒް ޓްރޫ)

ސަޕޯޓިން އެކްޓްރެސް (ލިމިޓެޑް ސީރީޒް): ޔޫޒޯ އަޑޫބާ (މިސް އެމެރިކާ)

ސަޕޯޓިން އެކްޓަރ (ލިމިޓެޑް ސީރީޒް): ޔަހްޔާ އަބްދުލް މަތީން (ވޮޗްމެން)

ލިމިޓެޑް ސީރީޒް ޑައިރެކްޝަން: މަރިއާ ޝްރަޑަރ (އަންއޯތޮޑޮކްސް)

ވެރައިޓީ ސްކެޗް ސީރީޒް: ސަޓަޑޭ ނައިޓް ލައިވް

ވެރައިޓީ ޓޯކް ސީރީޒް: ލާސްޓް ވީކް ޖޯން އޮލިވަރ

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެމީގެ 72 ވަނަ އެވޯޑް ހަފުލާގައި މިއަހަރު ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. އަދި މިފަހަރުގެ ޝޯ ހޯސްޓް ކޮށްދީފައިވަނީ މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ