ދޫނިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރުގެ މަޝްރޫޢު ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފި

ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 21 ސެޕްޓެމްބަރ 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި އެވެ.

މި މަޝްރޫޢުގެ ދަށުން، 4.61 އޭކަރުގެ ބަނދަރު ފުންކުރުމާއި، 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުންވެސް ވަނީ މި މަސައްކަތުގެ ތެރޭގައި ހިމެނިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ2019 ސެޕްޓެންބަރު05 ވަނަ ދުވަހުއެވެ. މި މަޝްރޫޢުއަކީ 51.4 މިލިއަން ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ