3 މަސް ފަހުން ކޮޗިން ފެރީ ބަދަލުވާނީ ފަސިންޖަރ ފެރީއަކަށް: ޝިޔާމް

3 މަސް ފަހުން ކޮޗިން ފެރީ ބަދަލުވާނީ ފަސިންޖަރ ފެރީއަކަށް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަށާފައިވާ ކާގޯ ފެރީގެ ހިދުމަތާއި ގުޅުގެން ޕީޕީއެމްގެ ނައިބު ރައީސް ސިޔާމް ވިދާޅުވީ ސަރުކާރުގެ ނުބައި ވިސްނުމަކީ ބޮޑުތިލަދުންމަތީގެ އުފެއްދުންތައް ފުރަތަމަ 3 މަހު ކޮންމެސް ވަރަކަށް އެކްސްޕޯޓު ކުރުން ކަމަށެވެ. އަދި ފުރަތަމަ 3 މަހު އިންޑިއާއިން ގެންނަ ކާގޯ ބާޒާރުގެ ހޯލްސޭލް އަގުގެ %35 ދަށްކޮށް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ސިޔާމް ވިދާޅުވީ އޭގެ ފަހުން ދެން ކާގޯފެރީ ބަދަލުވާނީ ފަސިންޖަރ ފެރީއަކަށް ކަމަށެވެ.

އިންޑިޔާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެވެ. އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ އިއްޔެވަނީ ފުރާފައެވެ.

ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރާނީ ކުޅުދުއްފުއްޓަށެވެ. އަދި ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު އެފެރީ މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ