މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ފޮޓޯ: ޕީއެސްއެމް

ފޮރިންގ މިނިސްޓްރީއަށް ޓެކްނިކަލް ޑިރެކްޓަރަކު ހޯދަނީ!

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން، އެމިނިސްޓްރީގެ މަލްޓިލެޓްރަލް ޑިޕާޓްމަންޓް / ސްމޯލް ސްޓޭޓްސް ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބަލް ޑިވްލޮޕްމަންޓް ސެކްޝަނަށް ޓެކްނިކަލް ޑިރެކްޓަރަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ.

ދާއިމީ މިމަޤާމުގެ މުސާރައަކީ 8,835.00 ރުފިޔާއެވެ. އަދި ސަރވިސް އެލަވަންސް: 2,000.00 ރުފިޔާއެވެ. އަދި އެހެނިހެން އެލަވަންސްގެ ގޮތުގައި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35. ސަޕޯޓިންގ ކޯ 2 : 1100.00ރ. އަދި މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ، ކޯ- ޑިސިޕްލިންއަކީ، ޑިޕްލޮމަސީ، ފޮރިން ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް ، ޕޮލިޓިކަލް ސައިންސް ،ޕަބްލިކް ޕޮލިސީ އަދި ސޯޝަލް ސައިންސްއެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

މީގެއިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެކަމަށާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންވެސް ދެވޭއިރު، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެކަމަށްވެސް އިޢުލާނުގައިވެއެވެ.

އަދި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ގޮތުގައި ކުދި ޤައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ގޮތުން ދިވެހިރާއްޖެއިން ގެންގުޅޭނެ ސިޔާސަތު ބައްޓަންކުރުމުގައި އިސްވެރިންނަށް ލަފާއެރުވުމާއި، ކުދި ޤައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި އެހެނިހެން އިއްޒަތްތެރިން ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސުޕަވައިޒްކުރުން، އަދި މަސައްކަތް ހިނގާގޮތް ބެލުން، އަދި ފޮލޮއަޕްގެ މަސައްކަތްކުރުމާއި، ކުދި ޤައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލްކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ކުދި ޤައުމުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ މައްސަލަތައް ބައިނަލްއަޤްވާމީ މަސްރަހުގައި މޮނިޓަރ ކުރުމާއި، މިމައްސަލަތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެތެރެއިން ރާއްޖެ ޝައުޤުވެރިވާ މުއާހަދާތައް ދިރާސާކޮށް އެމައްސަލަތަކާބެހޭގޮތުން ބްރީފް އަދި ޕޮލިސީ ޕޭޕަރ އާއި ސްޓޭޓްމަންޓް ތައްޔާރުކުރުމާއި، މިމައްސަލަ ތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ތެރެއިން ރާއްޖެ ޝައުގުވެރިވާ މުއާހަދާތައް ދިރާސާކޮށް އެމައްސަލަތަކާބެހޭގޮތުން ބްރީފް އަދި ޕޮލިސީ ޕޭޕަރ ތައްޔާރުކުރުމާއި މައްސަލަތަކާބެހޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުން އަދި މި މައްސަލަތަކުގައި ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ މިޝަންއާއި، އދ.ގެ އިދާރާތަކާއެކު މަސައްކަތް ވިލަރެސްކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އިންޓަރއެޖެންސީތަކާ އެކު އޮންނަ ކޯރޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ ގުޅުން ދެމެހެއްޓުން ހިމެނެއެވެ.

ފޮރިންގ މިނިސްޓްރީއިން ބުނީ މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޮކްޓޯބަރ 2020 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން އެމިނިސްޓްރީއަށްކަމަށާއި، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ލިބެން ހުންނާނެކަމަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެކަމަށެވެ.

ވަޒީފާގެ ފުރުސަތު: ޑިރެކްޓަރ (މަލްޓިލެޓްރަލް ޑިޕާޓްމަންޓް / ސްމޯލް ސްޓޭޓްސް ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބަލް ޑިވްލޮޕްމަންޓް ސެކްޝަން)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ