ކޮވިޑް-19: އިތުރު 48 މީހުން ޕޮޒިޓިވް ވެއްޖެ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 48 ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 48 ކަމަށާއި މިއާއެކު ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 9818 އަރައިފައިވާ ކަމަށެވެ.

މިއަދު އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 28 ދިވެހިންނާ، 20 ބިދޭސީންނެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވުވިތާ މިއަދަށް 199 ދުވަސް ވެފައިވާއިރު މިބައްޔަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވުވާ މީހުންގެ އަދަދުތައްވަނީ މަދުވާން ފަށައިފައެވެ. މިގޮތުން މިހާރު މިއަދަދު 100 އިން ދަށްވެފައިވާއިރު އެޗްޕީއޭ އިން ބުނެފައިވަނީ އަދި މިއީ މިބައްޔަށް ޕޮޒިޓިވުވާ މީހުންގެ އަދަދު ރާއްޖެއިން ދައްވީކަމަށްބަލާ ބަލި ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދޭންވީ ވަގުތު ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ