ޕްރޮގްރެސިވް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވޯ، އޮކްޓޯބަރ 2020 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މިކޯލިޝަންއަށް ނިސްބަތްވާ މެމްބަރުންނަށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިޚާބީ ކޮމިޓީންނާއި، ޕީޕީއެމްގެ ވެބްސައިޓް www.ppm.mv އަދި ޕްރޮގްރެސިވް ކޮންގްރެސް އޮފީސް، ހ. ހުރަފައިން ލިބިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވިއެވެ.

ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލެވޭނީ މިދަންނަވާ ގޮތަށެވެ.

  • ޢާންމު މެމްބަރުން
  • އަންހެން މެމްބަރު
  • ޒުވާން މެމްބަރު (ޢުމުރުން 35 އަހަރުނުވާ)

ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރުމަށް ޝައުޤުވެރިވާ މި ކޯލިޝަންގެ މެމްބަރުން 30 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 18:00 ގެ ކުރިން، ރަށްރަށުގައިނަމަ ވަގުތީ އިންތިޚާބީ ކޮމިޓީއަށް، މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުން (ހުޅުމާލެ، ވިލިމާލެ އަދި ދަފްތަރު ހިމެނޭގޮތުން) ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހަށް ފޯމް ހުށައެޅުއްވުން އެދޭ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ