ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ކުނި ނައްތާލާ މެޝިނަކަށް އެރި އުޅެނިކޮށް މީހަކަށް އަނިޔާ ވެއްޖެ

ސ. ހުޅުދޫގައި ކުނި ނައްތާލާ މެޝިނެއް ސާފުކުރުމަށް އެޔަށް އެރި އުޅުނު ވެމްކޯގެ މުވައްޒަފަކަށް އަނިޔާ ވެއްޖެއެވެ.

ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި ހަވާލާދީ ވަގުތު ނޫހުގައި ޝާއިއު ކޮށްފައިވާ ގޮތުން އެ ހާދިސާ ހިނގާފައިވަނީ އެ މެޝިން ސާފު ކުރަން ވެގެން އެރި އުޅެނިކޮށް އޭނާއާއި އެކީ މަސައްކަތް ކުރާ މީހާއަށް މެޝިން ޖެއްސިގެންނެވެ. އަދި މި ހާދިސާގައި އަނޔާ ލިބިފައިވަނީ އެ މީހާގެ ފަޔަށެވެ.

މެޝިން ތެރެއަށް ފޭބީ ދެން ހުރި މީހާ ކައިރީގައި މެޝިން ނުޖައްސާށެ ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެމީހާއަށް އަޑުއިވުނީ މެޝިން ޖައްސާށޭ ބުނީ ކަމަށް މައުލޫމާތު ލިބޭ ކަމަށް ޝުކުރީ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމުވައްޒަފުގެ ފަޔަށް އަނިޔާތަކެއް ލިބިފައިވާއިރު ފަރުވާ ދިނުމަށް ވަގުތުން ސިއްހީ މަރުކަޒަށްވެސް ވަނީ ގެންގޮސްފައެވެ.އަދި އަނިޔާ ލިބުނު މުވައްޒަފުގެ ހާލު ސީރިއަސް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެތަނުގައި ހިނގާދިޔަ އެކްސިޑެންޓެއްގައި އެތަނުގެ ވެށިފާރަވެރިއާއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މުވައްޒަފުގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް އައްޑޫސިޓީ ހިތަދޫ އަށް ގެންގޮސްފައިވާ ކަމަށް ވެމްކޯއާއި ހަވާލާދީ ވަގުތުނޫހުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ