އިއްޔެ ކޮވިޑް-19 އިން ރަނގަޅުވީ 92 މީހުން

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 92 މީހަކު ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭއިން ރޭ ވިދާޅުވީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 92 މީހަކު ކޮވިޑް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ރޭ ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން މިހާތަނަށް 8530 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެއަކީ ފާއިތުވި ތިން ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހެވެ.

އިއްޔެ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. އިއްޔެ ޕޮޒިޓިވްވެފައިވާ ބިދޭސީންގެ އަދަދަކީ 34 އެވެ.

އިއްޔެ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 9885 އަށް އަރާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ