ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ، މެޑިކަލް ފެސިލިޓީއަށް ގެނައި ބަލިމީހަކު ލިފްޓަށް އަރުވަނީ. ފޮޓޯ: އަލީ ނަސީރު / ޕީއެސްއެމްނިއުސް

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 67 މީހުން

އިތުރު 67 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން ރޭ ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 67 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ.

އަލަށް މިބައްޔަށް ޕޮޒިޓިވުވި 67 މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި 34 ބިދޭސީންނެވެ. މިމީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 65 23 އެވެ. އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވި އަދަދަކީ ދެއެކެވެ.

މިހާތަނަށް މުޅި ޖުމްލަ 143،472 ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނަގައިފައިވާއިރު ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 9،885 އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އިން ދައްކުރެވިފައިވާއިރު މިއަދަދުތައް މިގޮތުގައި ހިފެހެއްޓުމަށް އެޗްޕީއޭއިން އެކުލަވާލައިފައިވާ އުސޫލުތަކަށް ތަބާވުން ވަރަށް މުހިންމުކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ