ފޮޓޯ: ރޭމް

ރޭމްގެ އިންތިޚާބީ ޖަލްސާ އޮކްޓޫބަރު 1 ގައި ބާއްވަނީ

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ އިންތިޚާބީ ޖަލްސާ އަންނަ މަހު އެކެއްގައި (1 އޮކްޓޫބަރ 2020 ) ގައި ބާއްވަން އޮންނާނެ އެ އެސޯސިއޭޝަންގެ ޢާންމު މެމްބަރުންގެ ޚާއްޞަ ޖަލްސާގައި ނިންމައިފިއެވެ.

ރޭމް އިން ވިދާޅުވީ، ހިންގާކޮމިޓީ ހޮވުމުގެ އިންތިޚާބު ގައި ކުރިމަތިލުމުގެ ސުންގަނޑިއަކީ 25 ސެޕްޓެމްބަރ 2020 ވާ ހުކުރުދުވަހު ގެ 16:00 ކަމުގައެވެ.
ހިންގާ ކޮމިޓީގެ މަޤާމުތަކުގައި ހިމެނެނީ ، ރައީސް ކަމުގެ މަޤާމާއި ފުރަތަމަ ނާއިބު ރައީސް ކަމުގެ މަޤާމާއި ދެވަނަ ނާއިބު ރައީސްކަމުގެ މަޤާމާއި ޖެނެރަލް ސެކްރެޓަރީ ކަމުގެ މަޤާމާއި ޓްރެޜަރަރ ގެ މަޤާމާއި އިތުރު މެމްބަރުން (ހިންގާކޮމިޓީގެ އިތުރު މެމްބަރުން) ގެ 8 ގޮނޑިއާ އެކު ޖުމްލަ 13 މަޤާމެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ފޯމް، ރޭމްގެ ހޮޓްލައިން 7734455 އަށް ވައިބަރ ކުރުމުންނާއި އެފްބީ އިން ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބިފައިވަނީ 25 ސެޕްޓެމްބަރ 2020 ގެ 16:00 އާ ހަމައަށް މެމްބަރޝިޕް ފޯމް ފުރުއްވާ ފަރާތްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ