އައިޖީއެމްއެޗް އިން 1 ލައްކަ ޕީސީއާރް ޓެސްޓް ހަދައިފި

އައި.ޖީ.އެމް.އެޗްގެ ލެބޯރެޓަރީ އިން 1 ލައްކަ ޕީސީއާރް ޓެސްޓް ހަދައިފިއެވެ.

އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީގައި ކޮވިޑް ޕީސީއާރަށް ޓެސްޓު ކުރަން ފެށިފައިވަނީ 29 ފެބްރުއަރީ 2020 ގައެވެ. 07 މާރޗް 2020 ގައި ކޮވިޑް-19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނުފަހުން 24 ގަޑިއިރު މެދު ނުކެނޑި ކޮވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުނެވެ.

އައި.ޖީ.އެމް.އެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 03 މުވައްޒަފުން ހިމެނޭ ޓީމަކުން ކަމަށާއި އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު ގިނަވާން ފެށުމާއި އެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ ޢަދަދު މަޑު މަޑުން ދިޔައީ އިތުރު ކުރަމުން ކަމުގައި އައި.ޖީ.އެމް.އެޗް އިން ވިދާޅުވިއެވެ.

މިހާރު އައި.ޖީ.އެމް.އެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓް ހެދުމުގައި 22 މުވައްޒަފުންދަނީ މަސައްކަތް ކުރަމުން ކަމަށާއި އައި.ޖީ.އެމް.އެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވުނުއިރު ޓެސްޓިންގ ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓް ކަމަށާއި ނަމަވެސް އިހުނަށްވުރެ އެތައް ގުނައެއް މިހާރުވަނީ އިތުރު ކުރެވިފައި ކަމަށާއި މިހާރު އައި.ޖީ.އެމް.އެޗް ގެ ޓެސްޓިންގ ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓް ކަމަށް އައި.ޖީ.އެމް.އެޗް އިން ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗް އިން ވިދާޅުވީ، ކޮވިޑްގެ މިހަނގުރާމައިގާ އެންމެ މުހިންމުކަމަކަށްވެފައި ވަނީ ބަލިޖެހިފައިވާ މީހާދަނެގަނެ އޭފަރާތް އެކެހެރިކުރުން ކަމަށް ވާ ހިނދު، ލެބޯޓެރީ މުވައްޒަފުން ނަކީ ފްރަންޓް ލައިންގެ އެންމެ ކުރީސަފުގައި ޚިދުމަތް ދޭ ފަރާތެއް ކަމަށާއި އެހެންކަމުން މި ދަނޑިވަޅުގައި، ރެއާއި ދުވާލު ހީވާގިކޮށް މަސައްކަތް ކުރަމުން ދާ ލެބޯޓަރީގެ އެންމެހާ މުވައްޒަފުން ގެ އަގުވަޒަންކޮށް ޝުކުރުދަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ