ހދ. ހިރަމަރަދޫ

ހިރަމަރަދޫ ފެނަކައިގެ މުވައްޒަފަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި

ހދ. ހިރަމަރަދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ މުވައްޒަފަކު އެއަތޮޅު ވެރިކަންކުރާ ރަށް ކަމަށްވާ ކުޅުދުއްފުށީ ސިޓީއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.

ހިރަމަރަދޫ ކައުންސިލް މެންބަރު ހުސައިން ފިރާގު އާއި ހަވާލާދީ އޮންލައިން ނޫސް އަވަސްގައި ބުނެފައިވަނީ، ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު އިއްޔެ ހަވީރު ހައްޔަރުކޮށްފައިވަނީ އެރަށު ފެނަކަ ބުރާންޗުގެ ސުޕަވައިޒަރެއްގެ މަގާމުގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ.

މިމައްސަލައިގައި ފުލުހުން މިއަދު ބުނެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ