ފީއަލީގައި އައިސްޕްލާންޓް ޤާއިމްކުރާނެ ފަރާތެއް ހޯދަނީ

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓް ޤާއިމްކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިން ބާނާ މަސް ތަޒާކަންމަތީ މަސް ގަންނަ ފަރާތްތަކާ ހަމައަށް ގެންދިޔުމަށްޓަކައި މަސްދޯނިފަހަރަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ.

އެހެންކަމުން، މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މި މަހުގެ 20ގައި ވަނީ ބީލަމަށް ހުޅުވާލާފައިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެގޮތުން ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް އަންނަ އޮކްޓޯބަރު މަހުގެ 08 ވަނަ ދުވަހުގެ 13:00ގެ
ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން އެދިފައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ، ބީލަން ހުށަހެޅުން އޮންނާނީ އޮކްޓޯބަރ 11 ވަނަ ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން
ރިސޯސަސް އެންޑް އެގްރިކަލްޗަރގައިކަމަށެވެ.

މިމަޝްރޫޢުއާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެރިކަލްޗަރގެ ވެބްސައިޓުން
(www.fishagri.gov.mv) ލިބެން ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ