ފޮޓޯ: ހެރިޓޭޖް މިނިސްޓްރީގެ ޓްވިޓާ

މާލެ ހުކުރު މިސްކިތް އަންނަ ހަފްތާގައި އަލުން ހުޅުވާލަނީ

މާލެ ހުކުރު މިސްކިތް އަންނަ ހަފްތާގައި އަލުން ހުޅުވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއްޖެއެވެ.

މިސްކިތް ބޭނުން ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތަށް މިސްކިތް ބަންދުކުރީ މިދިޔަ އަހަރުއެވެ.

ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު އަދި ހުޅުވާނެ ދުވަހެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމާ ގުޅިގެން އައްސުލްޠާން މުޙައްމަދު އިބްނި ޢަބްދި ދަރުމަވަންތަ ރަސްގެފާނުގެ އަމުރުފުޅަށް ބިނާ ކުރެވުނު މި މިސްކިތް 1338ގައި އަލުން ޢިމާރާތްކުރެއްވީ އައްސުލްޠާން އަޙްމަދު ޝިހާބުއްދީނެވެ.

މި މިސްކިތް މިހާރު ހުރި ގޮތަށް 1657 ގައި އަލުން އިމާރާތްކުރެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)އެވެ.

މާލޭ ހުކުރު މިސްކިތަކީ ބޮޑުމިނަކީ 199 އަކަފޫޓު ހުންނަ މި މިސްކިތަކީ އަތްތެރި މަސައްކަތްވަރަށް ރީތިކޮށް ފެންނަން ހުރި މިސްކިތެކެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ