ސަޕޯޓަރުން ޝުއޫރު ފާޅުކުރަނީ - ފޮޓޯ: މީސްމީޑިއާ

ވޯޓާ ދިމާކޮށް އެމްޑީޕީ މެންބަރުން މުޒާހަރާކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަނޑައެޅުމަށް ނަގާ ވޯޓުލުމަށް ތައްޔާރުވެފައިވަނިކޮށް އެމްޑީޕީގެ މެންބަރުން ދަރުބާރުގޭ ބޭރުގައި މުޒާހަރާކޮށްފިއެވެ.

އެމްޑީޕީގެ މެންބަރުން އަޑުހަރުކޮށް ގޮވަމުންދިޔައީ، ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށެވެ.

އެގޮތަށް ޝުއޫރު ފާޅުކުރަން ފެށުމުން ރައީސް ނަޝިދު ވަނީ އެކަން ހުއްޓާލުމަށް ނަސޭހަތް ދެއްވާފައެވެ.

ބައެއް ފަރާތްތަކުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުން އޮތް މާލަމަށް ވަންނަންވެސް މަސައްކަތްކުރިއެވެ.

ނަމަވެސް މިހާރު އެ ފަރާތްތަކުން ވަނީ އަޑުގަދަކުރުން ހުއްޓާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ