މަސްވެރިންގެ ޙައްޤުގައި ކީޕަރު އިމްރާން!

މަސްވެރިންގެ ޙައްޤުގައި ރާއްޖޭގެ މަޝްޙޫރު ކީޕަރު އިމްރާން މުޙައްމަދު ތެދުވެއްޖެއެވެ.

މަސްވެރިންގެ ޙައްޤުގައި އިމްރާން ތެދުވެފައިވަނީ، މިފްކޯއިން މަސް ގަންނަ އަގު މިއަދު ދަށްކޮށްފައިވަނިކޮށެވެ. އެގޮތުން  ކިލޯއަކުން ދެ ރުފިޔާ ވަނީ ދަށް ކޮށްފައެވެ. މީގެކުރިން އައިސްއަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުން ދިޔަނަމަވެސް މިއަދު ގެނައި ބަދަލާއެކު، މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 18 ރުފިޔާއަށެވެ.

އަދި މިބަދަލާއެކު މީގެކުރިން 18 ރުފިޔާއަތް ގަތް ފިނިނުކުރާ މަސް މިހާރު ގަންނަނީ 16 ރުފިޔާއަށެވެ.

އެގޮތުން ނުރުހުން ފާޅުކޮށް އިމްރާން ޓްވިޓާގައި ބުނެފައިވަނީ ރަނގަޅު ކަންނެލި ކޮޅެއް ބޭވުނީމަ އަވަހަށް ކިރާލަންވެގެން ބާރަށް ދުއްވާފައި އައީ ކިލޯއެއް 70ރ އަށް ހުރީމާކަމަށާއި، ނަމަވެސް ކަންނެލި ކިރަން ކައިރި ކޮށްފައި އަހާލީމަ ފެކްޓްރީއިން ދިން ޖަވާބަކީ މިހާރު އަގަކީ ކިލޯއެއް 50ރ އަށް ކަމަށެވެ.

އަދި މިއީ ކަންނެލި މަސްވެރިންނަށް ކުރާ އަނިޔާ އެއް ނޫންތޯ ކަމަށްވެސް އިމްރާން ސުވާލު އުފައްދާފައިވެއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ސަރުކާރުން ނިންމާފައިވަނީ މިހަފްތާ ތެރޭގައެވެ. ހަތް އަހަރަށް ފަހުން، ކުރިއަށް އޮތް ތަނުގައި ފްލޯޓިން މެކޭނިސަމް ޕްރައިސައަކަށް މަސް ގަންނަ އަގު ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާއިރު، ބާޒާރުގައި މަސް ގަންނަ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން 1.3 ކިލޯ އަދި އެއަށްވުރެ ބަރު ކަލުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށާއި 1.5 ކިލޯ އިން ދަށުގެ ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ ކަމަށް އެމިނިސްޓްރީއިންވަނީ ބުނެފައެވެ.

ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ