ތިންއިރު ހަމަޔަށް ކާން ނުލިބޭ މީހުން ރާއްޖޭގައި އެބަތިބި: އާދަމް ޝަރީފު

ތިންއިރު ހަމަޔަށް ކާން ނުލިބޭ މީހުން ރާއްޖޭގައި އެބަތިބި ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން މިރޭ ގެނަސްދިން ޕްރޮގްރާމެއްގައި އާދަމް ޝަރީފު ވިދާޅުވީ ތިންއިރު ހަމަޔަށް ކާން ނުލެބީ މީހުން އެބަތިބި ކަމަށެވެ. މާދަމާ ކާނެ ގޮތެއް ނެތިފައި ތިބި މީހުންވެސް ވަރަށް ގިނަ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

"ކަރަޕްޝަން ބައްލަވާ. ރައްތިތުން އެތިބެނީ ތިންއިރު ހަމަޔަށް ނުކައި. އެކަމަކު ކަރަޕްޝަންގެ ވާހަކަ ދައްކާފައިއާ ބަޔަކަށް ކަރަޕްޝަންގެ މައްސަލައެއް ކުރިޔަކަށް ނުގެންދެވުނު" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ފްރީލާންސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކަށް މިއަދު މަސައްކަތް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. ރޭގަނޑު 08:00 ގެ ފަހުން ކާރަށާއި ސައިކަލަށް މިހާރުއޮތް އުސޫލުގެ ތެރެއިން ނުދުއްވޭނެ ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ މިއަދުވެސް ފެންނަން އޮތީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރެވުނު ތަޙްޤީޤުތައް ކަމަށާއި މި ސަރުކާރަށް 2 އަހަރު ދުވަސްވީއިރު އެއްވެސް މީހަކަށް އިންސާފު ހޯދައި ދެވިފައިނުވާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި މާރާމާރީ ތަކުގެ ދޮގު ތުހުމަތުތައް ރައީސް ޔާމީންގެ ބޮލުގައި އަޅުވަމުން ދިޔަކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އައި

    ޔާމީނު ދައުރުގަ ދިވެހިން ތިބީ އުފަލުން…ކާން ލިބުނު…

  2. ޜެއްކަބޭ

    ތިބޭފުޅާ މިވޭތުވެދިޔަ ފަސްއަހަރުތެރޭ އެކަން އެނގިވަޑައި ނުގަތީ ކީއްވެތޯ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ