ޑރ ޝީނާ މޫސަ | ފޮޓޯ: އެޗްއީއޯސީ

ކޮވިޑް ޖެހުނުކަމެއް ނޭނގި، ރަނގަޅުވެފައި ތިބި މީހުން ދެނެގަތުމަށް ޓެސްޓު ކުރަން ފަށަނީ

ކޮވިޑް ޖެހުނު ކަމެއް ނޭނގި، ރަނގަޅުވެފައި ތިބި މީހުން ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓު ހަދުމަށް ނިންމާފައިވާ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ އެޗްއީއޯސީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން މި މަސްނިމި ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި އޮންޓިބޮޑީ ޓެސްޓެއް ހެދުމަށް ރާވާފައި ވާކަމަށެވެ.

"އޮކްޓޫބަރ މަހުގެ ތެރޭގައި އެމަސައްކަތް ހިނގާނެ ކަމަށް ލަފާ ކުރެވެނީ" އެންޓިބޮޑީ ޓެސްޓު ހެދުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޝީނާ ވިދާޅުވިއެވެ.

އެންޓި ބޮޑީ ޓެސްޓު ހަދަން ފެށޭނެ ސީދާ ދުވަހެއް ދަންނަވަން ނޭނގުނު ނަމަވެސް ކޮވިޑް ޖެހުނު ކަމެއް ނޭނގި، ރަނގަޅުވެފައި ތިބި މީހުން ދެނެގަތުމަށް ރާވާފައިވާ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

އާާބާދީގެ ތެރެއިން ކިތައް އިންސައްތަ މީހުންނަށް ކޮވިޑް ޖެހިފައިވާކަން ބުނަން އިނގޭނީ ބައިވަރު މީހުންގެ ސާމްޕަލް ނަގައިގެން ކަމަށާއި މިއީ ބޮޑު މަސައްކަތަކަށް ވާނެކަމަށް ޑރ. ނަޒްލާ ރަފީޤުވެސް މިރޭ ވަނީ ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ