ކޮވިޑުގެ ކުރިން އުޅުން ގޮތަށް ދެވޭނީ ވެކްސިންއެއް ލިބިގެން – ޑރ.ޝީނާ

ކޮވިޑް-19ގެ ކުރިން އުޅުނު އާންމު ހާލަތަށް އަނބުރާ ދެވޭނީ އެ ބައްޔަށް ވެކްސިނެއް ލިބުމުން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް ރާއްޖެ އޮތީ "ގްރީން ޒޯން" ގައި ނޫން ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލިފެތުރުން ބޮޑުތަނުން މަދުކުރެވޭނީ ހުރިހާއެއްންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލަނބައިގެން ކަމަށާ، ބަލީގެ ޙާލަތު ބަދަލުވަމުންދާ މިންގަނޑަށް ބަލާއިރު، އަދިވެސް ގްރީން ޒޯނަށް ނުދާކަމަށެވެ. އަދި ރައްކާތެރިކުރުމުގެ ފިޔަވަޅުތައްއެޅި ކަމުގައި ވިޔަސް، ކޮވިޑު-19ގެ ކުރިން އުޅުން ގޮތަށް އާންމު ދިރިއުޅުމަށް ދެވޭނީ މިބައްޔަށް ވެކްސިންއެއް ލިބިގެންކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ