އާދަމް ޝަރީފް އުމަރު - ފޮޓޯ: ވަގުތު

ރައްޔިތުން ހަނާވަމުންދާއިރު، ސަރުކާރުން ރައްޔިތުންނާމެދު އެއްވެސް ހަމްދަރުދީއެއް ނެތް: އާދަމް ޝަރީފް

ދިވެހިރާއްޖޭގެ ރައްޔިތުން ހަނާވަމުންދާއިރު، ސަރުކާރުނ ރައްޔިތުންނާމެދު އެއްވެސް ހަމްދަރުދީއެއް ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ގިނަ ސިޔާސީ ޕާޓީތަކެއްގެ އެހީތެރި ކަމުގައި ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކުރާތާ ދެ އަހަރުވުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ފެއިލްވެ، ރައްޔިތުން ހަނާވަމުންދާއިރު، ސަރުކާރު ކޯލިޝަން ކާމިޔާބު ކަމަށް ބުނުމަކީ، ރައްޔިތުންނާމެދު އެއްވެސް ހަމްދަރުދީއެއް، އިހްސާންތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ. އަދި ކޯލިޝަން ގެ ހުރިހާ ލީޑަރސް ކާމިޔާބު ފާހަގަކުރިތޯ ސުވާލު އުފެއްދެވިއެވެ.

އިއްޔެއަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަގުތީ އިޢުލާންކުރިތާ ދެ އަހަރު ފުރޭ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން އެދުވަހު އިޢުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ކާމިޔާބުކޮށްފައިވަނީ 134616 ވޯޓާ އެކުގައެވެ. އަދި އިންތިޚާބުގައި ވާދަކުރި ކުރީގެ ރައީސް ޔާމީނަށް ލިބިފައިވަނީ 96132 ވޯޓެވެ.

އެ އިންތިހާބަށް ފަހު މި ސަރުކާރު އެކުލަވައިލެވުނު ފަހުން ސަރުކާރު ހިންގަމުންދަނީ ކޯލިޝަން ޕާޓީތަކުން ބައިވެރިވާ ސަރުކާރެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ