ފޮޓޯ - ޓްވިޓަރ/ އާދަމް ޝަރީފް

ޑރ. ޝަހީމް މަސައްކަތް ފެއްޓެވުމުން ގިނަ އިލްމުވެރިން އިދިކޮޅާ ގުޅޭނެ - އާދަމް ޝަރީފް

ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މަސައްކަތް ފެއްޓެވުމުން ގިނަ އިލްމުވެރިން އިދިކޮޅާ ގުޅޭނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުގެ މަޤާމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހަމަޖެއްސެވުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ ޝަހީމް މަސައްކަތް ފެއްޓެވުމުން ގިނަ އިލްމުވެރިން ޕީޕީއެމް ޕީއެންސީ އާއި ގުުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްވެސް މާތް ﷲ ގެ އިރާދަފުޅާއެކު ވަރުގަދަ ކުރާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަޤާމަށް ހަމަޖެއްސިވިކަން ރަސްމީކޮށް އިޢުލާންކޮށްދެއްވީ އިއްޔެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ޑރ. ޝަހީމް ދުވަސްކޮޅަކަށްފަހު އަނެއްކާވެސް އަމަލީ މައިދާނަށް ޕީޕީއެމްގެ އެޑްވައިޒަރުގެ ގޮތުގައި ނިކުންނެވުމަކީ ލިބިގެން ދިޔަ ވަރަށްބޮޑު ހިއްވަރަކާއި އުފަލެއް ކަމަށާއި ޑރ ޝަހީމް ބޭރުގައި ހުންނެވި އިރުވެސް ވަރަަށް ބުރަ މަސައްކަތް ރައީސް ޔާމީން އަދި ޕީޕީއެމްގެ ހައްގުގައި ކުރައްވަމުން ގެންދިޔަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މީގެ ކުރިން  ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް މީގެ ކުރިން ހުންނެވީ ސައުދީ އަރަބިއްޔާގައެވެ. އެއީ ޖިއްދާގައި ހުންނަ އޯގައިނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ