"ސުވާލުކުރުމެއްނެތި ތި ސަލާމަތްކޮށް ދެވުނީ އަހަރެންގެ ފުރާނަ"

މިއީ ބުދަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ހާދިސާއެއްގެ ވާހަކައެވެ. ޖެހުނު ފައިސާގެ މައްސަލައެއްގައި އެރޭ 08:45 ހާއިރުކުރިމަތިވި މަރުގެ ހަމަލާއަކުން މާލޭގެ ވިޔަފާރި ވެރިއެއް ސަލާމަށްވި ވާހަކައެވެ.

މި ހަމަލާގެ ޝިކާރައަކަށްވި މީހާ މިނޫހާއި ވާހަކަ ދައްކަމުން ބުނީ އޭނާއަށް ހަމަލާދީފައިވަނީ އޭނާ އާއި ދެބެންދެދަރި އުމުރުން 19 އަހަރުގެ ކޮއްކޮއެއް ކަމަށެވެ. ޖެހުނު މައްސަލައަކީ ފޭކް ރިސިޕްޓްތަކެއް ފޮނުވުމަށްފަހު، ފިހާރައިން ކޮއްކޮ މުދާ ނަގާ މައްސަލަކަމަށްވެސް އޭނާ ބުންޏެވެ. އަދި އެކަމާއި ގުޅިގެން ކަމުގެ ޙަޤީޤަތް ބެލުމަށް ކޮއްކޮއާއި ވާހަކަ ދައްކަން އެރޭ ހުރިކަމަށާއި، އަދި ވާހަކައިގެ މެދު ތެރެއިން އެބަ އަންނަ ކަމަށްބުނެ، ގެޔަށް ވަދެ ވަޅި ހިފައިގެން އައިސް އޭނާގެ ގަޔަށް ވަޅި ހެރިކަމަށްވެސް އޭނާ ބުންޏެވެ.

ކޮއްކޮއާދެމެދު ދެބަސްވުމެއްވެސް މާރާމާރީއެއްވެސް ހިނގާފައިނުވާއިރު، ފުރަތަމަ ހީކުރީ ކޮއްކޮ ޖެހީކަމަށާއި، ނަމަވެސް ވަޅިއެއް ހެރިކަންވެސް އެނގުނީ ފިހާރައިގެ މަސައްކަތްކުރާ ބިދޭސީ މީހާ އައިސް ވަޅި ކަރުން އުފުރާލުމުންކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން އޭނާ ބުނީ އެވަގުތު އެތަނުގައި ހުރި މީހަކު އަމިއްލައަށް އިސްނަގައިގެން އޭނާ ސައިކަލް ފަހަތަށް އަރުވައިގެން އައިޖީއެމް ހޮސްޕިިޓަލަށް ގެންދިޔަކަމަށާއި، ސައިކަލަށް ލުމަށްފަހު ކޮނޑުގައި ބާރަށް ހިފަހައްޓައިގެން ހުރުމަށް އެދުނުއިރު، ހޮސްޕިޓަލާއި ހަމައަށް ދެވެންދެންވެސް އޭނާއާއި ވާހަކަ ދައްކާ ހާލު ބަލަމުންދިޔަކަމަށްވެސް ބުންޏެވެ.

އަދި ފޭސްބުކްގައި އޭނާގެ އިޙުސާސްތައް ހާމަކުރަމުން ބުނީ، ސުވާލުކުރުމެއްނެތި އެރޭ އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ އިންސާނިއްޔަތު ކަމަށްޓަކައި އަދާ ކުރި ޒިންމާއިން ސަލާމަތްކޮށް ދެވުނީ އޭނާގެ ފުރާނަކަމަށެވެ. އަދި އެކަމަށް ނުހަނު ޝުކުރުވެރިވާކަމަށާއި، ބައްދަލުކުރަން ބޭނުންވާކަމަށްވެސް ބުނެފައިވެއެވެ.

އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްދިން މީހާގެ ނަމެއް، ނަމެއް ނަންބަރެއްވެސް ނޭނގޭކަމަށްވެސް މިޕޯސްޓްގައިވެއެވެ.

އެހެންކަމުން މިޕޯސްޓް ވީހާވެސް ގިނަ ބަޔަކު ޝެއަރކޮށް ދިނުމަށް އެދިފައިވާއިރު، އެ އިޙްސާންތެރިޔާއާއި ބައްދަލުކުރުމަށް އޭނާ ކެތްމަދުވެފައި ހުރިކަން ފޭސްބުކްގައި ކޮށްފައި ހުރި މިޕޯސްޓުން ހާމަވެގެން ދެއެވެ.

I was Attacked on 23rd September night @8:46 with a knife on my neck and i am at ADK NOW Guys i am out of risk and...

Posted by John Abraham on Thursday, 24 September 2020

އެ މާރާމާރީއާ ގުޅިގެން އުމުރުން 19 އަހަރުގެ ފިރިހެނަކު ޙައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

މާލޭގައި މީހެއް ގަޔައް ވަޅި ޖަހައިފި

މިލިޔުން ކިޔާލުމުން
12491150
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ