ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 10،000 ވުރެ އިތުރުވެއްޖެ

ކޮވިޑް-19 އަށް މުޅި ރާއްޖެއިން ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 10،000 ވުރެ އިތުރު ވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް 75 މީހުން ޕޮޒިޓިވުވެ ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 10،014 އަރައިފައިވާ ކަމަށެވެ.

މިއަދު އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 53 ދިވެހިންނާ 22 ބިދޭސީންނެވެ. މީގެތެރެއިން 66 މީހުން މާލެއިން ޕޮޒިޓިވުވެފައިވާއިރު ނުވަ މީހަކުވަނީ އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވުވިތާ މިއަދަށް 201 ދުވަސް ވެފައިވާއިރު މިބައްޔަށް ޓެސްޓު ކުރުމަށް ތަކުރާރު ސާމްޕަލް ހިމެނޭ ގޮތުން ނެގުނު ޖުމްލަ ސާމްޕަލްގެ އަދަދަކީ 146،417 އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރެއިން 8،673 މީހުން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،300 އެވެ. އަދި މިމީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 82 އެވެ.

ކޮވިޑް-19 އަށް ދުވާލެއްގެ ތެރޭ ޕޮޒިޓިވުވާ އަދަދު 100 އިން ދައްކުރެވިފައި ވީނަމަވެސް މިބަލި އަދި ރާއްޖޭގައި ފެތުރުން ކޮންޓުރޯލް ކުރެވިފައި ނުވާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް އެޗްޕީއޭ އިން އެކަށައަޅާފައިވާ ގަވާއިދުތަކަށް ބޯލަނބައި ކިޔަމަންވުމުގެ މުހިންމުކަންވެސް މިބޭފުޅުން އަންނަނީ ފާހަގަ ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ