ފޮޓޯ: ބައިސްކޯފް

"ގަމިނި" ޕްރީމިއާކޮށް، ބައިސްކޯފުން ދައްކަން ފަށައިފި!

ބެލުންތެރިން އިންތިޒާރުކުރަމުންއައި މަޝްހޫރު ޑައިރެކްޓަރ މޫމިން ފުއާދުގެ ވެބް ސީރީޒް "ގަމިނި" ރޭ ޕްރިމިއާކޮށްފިއެވެ.

މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކުރި ބައިސްކޯފުގެ އޮރިޖިނިލް، ކްރައިމް ތުރިލާ ވެބް ސީރީޒް ޕްރީމިއާކުރީ، ބައިސްކޯފުގައި ރޭ ބޭއްވި ޕްރިމިއާ އިވެންޓްގައެވެ. މި އިވެންޓްގައި މި ސީރީޒްގެ ކާސްޓާއި ކްރޫ ބައިވެރިވެފައިވެއެވެ.

ޕްރިމިއާ އިވެންޓުގައި ވަނީ މި ސީރީޒްގެ ފުރަތަމަ ހަ އެޕިސޯޑު ދައްކާފައިވާއިރު، މި ސީރީޒް ރޭ ވަނީ ބައިސްކޯފުންވެސް ދައްކަން ފަށާފައެވެ. ނަމަވެސް ބައިސްކޯފަށް ދޫކޮށްލާފައި ވަނީ އެންމެ ދެ އެޕިސޯޑެވެ.

މި ސީރީޒް ބައިސްކޯފުން ސްޓްރީމްކުރާނީ ކޮންމެ ހުކުރު ދުވަހަކު، އެޕިސޯޑެކެވެ. އަދި މި ވެބް ސީރީޒްގައި 20 މިނެޓުގެ، 13 އެޕިސޯޑެއް ދައްކާނެ އެވެ.

މި ސީރީޒްގެ ނަމާއި އެއްވަރަށް މި ފިލްމްގެ ވާހަކަވެސް ތަފާތުވެގެންދާއިރު، މި ފިލްމްގެ ވާހަކައިގެ ތެރެއިން މާޒީ ތާރީޙުގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެއެވެ.

މޫމިންގެ މި ސީރީޒް 80ގެ އަހަރުގެ ތެރެއަށް ގެންގޮސްދޭއިރު، މިއީ ދިވެހި ސިނަމާގައި މުޅިން އަލަށް އުފައްދާ ޖޯންރާއެއްގެ ސީރީޒެއް ނުވަތަ ފިލްމެކެވެ.

13 އެޕިސޯޑު ހިމެނޭ “ގަމިނި” ގެ ކާސްޓުންގެ ތެރޭގައި، ދިވެހި ސިނަމާގެ ތަޖުރިބާކާރު ތަރިންނާއި އަދި އާ އެކްޓަރުންވެސ ފެނިގެންދާނެއެވެ. އެގޮތުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު އާސިމް، ނިޝާ، މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަޖްނާލް އަލި މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Laisha

    I wonder why u called it as gemini its realy gamini. Habaru kiyanyaa thankolheh zimmaa dhaaru veba dhw bro men ves

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ