ޕީއެންސީގެ ރައީސް އަބްދުއްރަހީމް

ފެރީގެ އެތެރޭގައި ހުރި ތަކެތި މީޑީއާތަކަށް ދައްކާ: އިދިކޮޅު ކޯލިޝަން

އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި ކާގޯ ފެރީގައި ގެނައި ތަކެތި މީޑިއާތަކަށް ދައްކަން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަން ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ ކެޕޭސިޓީ ހުރިއްޔާ އިންޑިއާއިން ފޮނުވި ސިއްރުންފުރިގެންވާ ބޯޓުގެ ފަލުކާތައް ހުޅުވާލައި އޭގައި ހުރިއެއްޗެއް ދިވެހިރާއްޖޭގެ މީޑިއާތަކަށް ދައްކަންޖެހޭކަމަށެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދާ ބަރުކޮށްގެން އައި ބޯޓު ހދ. ކުޅުދުއްފުށީގައި މިއަދު ހެނދުނު ވަނީ ބަނދަރުކޮށްފައެވެ. މިކަމާއި ގުޅުވައިގެން ޝުޖާއުވަނީީ މި ފެރީން ރަން ލިބޭނެކަމަށް އުންމީދު ނުކުރުމަށް ގޮވާލައްވާފައެވެ.

ކޮޗިން ފެރީއާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިދިކޮޅު ދެ ޕާޓީން މިއަދު ވާހަކަދައްކާފައިވާއިރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވެސް ވަނީ، ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ގެނައި ތަކެތި ނޫސްވެރިންނަށް ދައްކަން ޖެހޭނެ ކަމަށް ބުނެ އަޑުއުފުލާފައެވެ.

ޝުޖާއުގެ ވާހަކަފުޅަށް ތާއިރުކުރައްވަމުން އަދުރޭ ވިދާޅުވީ، މިއަދު އެ ބޯޓުން ރާއްޖެ ގެނައީ ހަތިޔާރާއި މަސްތުވާތަކެތި ނޫން ކަން ޔަގީންކޮށްދީ، މީޑިއާތަކަށް ހާމަކޮށްދޭންޖެހޭކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ޖަލްސާ ބާއްވާފައިވާއިރު، ކުރިއަށް އޮތްތާގައިވެސް ކޮންމެ ދުވަހަކު ހަވީރު 04:00 ގައި މި ޖަލްސާތައް ކުރިއަށްދާނެކަމަށް މިއަދު އެ ޕާޓީންވަނީ އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ