ހެޔޮކަންކަން ކުރަން ބޭނުންނަމަ ނުބައި ރަޙުމަތްތެރިން ދޫކޮށްލާ: ޢަލީ ރަމީޒު

އިސްލާޙްވާން ބޭނުންވެ ރަނގަޅު ކަންކަން ކުރުމަށް ޤަސްތުކޮށްގެންތިބި ކުދިންނަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒު މެސެޖެއް ދީފިއެވެ.

އެގޮތުން ޓުވިޓާ މެދުވެރިކޮށް ޢަލީ ރަމީޒު ބުނީ ނަމާދުކޮށް ހެޔޮކަންކަންކޮށް ރަނގަޅަށް އުޅެން ބޭނުންވާކަމަށް ވަރަށް ގިނަ ކުދިން ބުނާކަމަށެވެ. އަދި އެފަދަ ކުދިންނަށް ދޭނެ މެސެޖެއްގެ ގޮތުގައި ޢަލީ ރަމީޒް ބުނީ، އެކަމަށް ހުރަސް އަޅަނީ ހަމަ އެކުދިންގެ ނަފްސާއި އަދި ނުބައި ރަޙްމަތްތެރިންކަމަށެވެ.

އެހެންކަމުން ނުބައި ރަޙްމަތްތެރިންނަކީ ތިބާ އިސްލާޙުވާން އޮތް ހުރަހެއްކަމަށް ޢަލީ ރަމީޒްގެ މިމެސުޖުންވަނީ ހާމަވެގެން ގޮސްފައެވެ. ދިވެހި ބަހުގައި އޮންނަ ހަރު ބަހެއްގައި ވެއެވެ. "އަހިވަކަކާޖެހި އަހިވަކެއް ފާވާނެއެވެ." މިބަސް ބޭނުންކޮށް އުޅެނީ ނުބައި މީހުންނާއެކު އުޅެންޏާ ތިބާ މީހާވެސް ނުބައިވާނެކަމަށް ބުނުމަށެވެ. މިބަހަށް ވިސްނާލުމެއްވެސް ޢަލީ ރަމީޒްގެ މިމެސެޖުގެ ފުންކަން ހާމަވެގެން ދެއެވެ.

ﷲ ތަޢާލާ އިންސާނާ ދުނިޔެއަށް ފޮނުއްވެވީ އެކަލާނގެއަށް އަޅުކަން ކުރާށެވެ. ދުނިޔެމަތީގައި ކިތަންމެ ގިނަ ނުބައިކަމެއް ކޮށްފައި ހުރި މީހަކަށްވެސް އެކަލާނގެ އިރާދަކުރައްވައިފިނަމަ ތެދު މަގު ދައްކަވާނެއެވެ. ﷲ އީ ފާފަފުއްސަވާ އޯގާތެރި ރަސްކަލާންގެއެވެ. މިއަދު ދުނިޔޭގެ ހާލަތަށް ވިސްނާލިކަމުގައި ވިޔަށް އަހަރެމެން އިންސާނުންނަކީ ކިހާ ނިކަމެތި ބައެއްކަން ވަރަށް ރަނގަޅަށް ސާފުވެގެން އެބަދެއެވެ.

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ހެޔޮބަސް އަހާ، އެޔަށް އެންމެ ހެޔޮ ގޮތުގައި ޢަމަލުކުރާ ބަޔަކުކަމުގައި ލެއްވުމެވެ.

މިލިޔުން ކިޔާލުމުން
151721
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ