ކުއްތާ ބޭނުންކޮށްގެން ފުލުހުން މާލޭގައި އޮޕަރޭޝަނެއް ހިންގަނީ

ކުއްތާ ބޭނުންކޮށްގެން ވެރިރަށް މާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޓީމަކުން މިއޮޕަރޭޝަން ކުރިއަށް ގެންދަނީ މާލޭ ޕޯޓްސް ލިމިޓެޑްގައިކަމަށެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފުލުހުން ދަނީ މިމައްސަލަ ޙައްލުކުރުމަށް ޚާއްސަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އަދި މީގެ ކުރިން ފުލުހުން ކުއްތާ ބޭނުންކޮށްގެން ހިންގި އޮަޕަރޭޝަންތަކުގައި މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ