ކިޓް ހެރިންގްޓަން އާއި ރޯޒް ލެސްލީއަށް ދަރިއަކު ލިބެނީ!

މުޅި ދުނިޔޭގެ ތާރީޙުގައިވެސް އުފެއްދި އެންމެ ކާމިޔާބު ޓީވީ ޝޯ ގޭމް އޮފް ތްރޯންސްއިން "ޖޯން ސްނޯ"ގެ ރޯލު ކުޅެގެން އެންމެންގެ މަޤުބޫލުކަން ހޯދި ކިޓް ހެރިންގްޓަންއާއި "ޖޯން ސްނޯ"ގެ ލޯބިވެރިޔާ، "ޔިގްރިތް"ގެ ރޯލު ކުޅުނު އެކްޓްރެސް ރޯޒް ލެސްލީއަށް ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޙަބަރު ބެލުންތެރިންނަށް ދީފިއެވެ.

ގޭމް އޮފް ތްރޯންސް އިން ބައްދަލުވެ ކައިވެނި ކުރި މި ދެ ތަރިންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ، މިދިޔަ ހޮނިހިރު ދުވަހު މެގެޒިންއަކަށް ނަގާފައިވާ ފޮޓޯތަކުގައި އޭނަގެ މާ ބަނޑު ފެނިގެންދާ ފޮޓޯއަކުންނެވެ.

ގޭމް އޮފް ތޮރޯންސް އިން ދިމާވެ، ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެތަރިން ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި މި ދެމީހުން ވަނީ ވަރަށްފަހަކުން ދެމީހުންގެ ކައިވެންޏަށް ދެ އަހަރު ފުރުންވެސް ފާހަގަކޮށްފައެވެ.

"ޖޯން ސްނޯ" އާއި "ޔިގްރިތް"ގެ ލަވް ސްޓޯރީއާއެކު މި ދެ ބައިވެރިންނަކީ، ގޭމް އޮފް ތްރޯންސް އިން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ދެ ބައިވެރިންނެވެ. އަދި ހަޤީގަތަށްވެސް މި ދެ ކެރެކްޓަރ އަދާކުރި ކިޓް އާއި ރޯޒް ގުޅުމުން ގިނަ ބައެއް ލޯބި މި ދެބައިވެރިންނަށް ލިބިފައިވެއެވެ،

ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު ސީޒަންއާއެކު، މި ކާމިޔާބު ޝޯ ނިއްމާލީ މިދިޔައަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ