ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

އަލި ރަސްގެފާނު ދުވަހަކުވެސް މި ޤައުމުން ވައްކަމެއްކޮށްފައެއް ނެތް: އަނދުން ހުސައިން

އަލި ރަސްގެފާނަކީ ދުވަހަކުވެސް ވައްކަމެއްކޮށް މި ޤައުމަށް ކުޑަވެސް ހިޔާނަތެއްވެފައިވާ ބޭކަލެއްނޫންކަމަށް، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ހުސައިން މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ މިހާރުގެ އަލި ރަސްގެފާނު ކަމަށާއި، އެ މަނިކުފާނު އޮންނެވީ ހިލިހިލާ ޖަހާ ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) އިއްޔެ ދެއްކަވި ވާހަކަފުޅާއި ގުޅުވައިގެންނެވެ.

ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލި ރަސްގެފާނު މި ޤައުމަށް ކޮށްދެއްވި ހިދުމަތް މި ރާއްޖޭގެ ތާރީޙުން ސާފުކޮށް ކުރިއަށް އޮތް ޖީލުތަކަށް ފެންނާނެހެން ލިޔެވިފައިވާކަމަށެވެ. އަދި އަދުރޭގެ މުޑުދާރު ސިފަކުރުމަށް ހިތާމަކުރާކަމަށް ހުސައިން ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ޕީޕީއެމް އޮފީހުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އަލި ރަސްގެފާނަކީ ދިވެހިން އެބޭފުޅަކަށްޓަކައި ފަހުރުވެރިވާނެ ބޭފުޅެއް ކަމަށާއި، އަލި ރަސްގެފާނަކީ ދިވެހިންގެ ހައްގުގައި ޖެހިލުމެއް ނެތި ހަނގުރާމައަށް ނުކުންނެވި ބޭފުޅެއް ކަމަށެވެ. އޭގެ އެތައް އަހަރެއް ފަހުން މިއަދު ދިވެހި ގައުމު ދެކެމުން މި އަންނަނީ އެ ދުވަސް ކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު އަލި ރަސްގެފާނެއް ނެތީމަ އެކަމާއި، ހިތާމަ ކުރައްވާ ކަމަށާއި، މިއަދުގެ އަލި ރަސްގެފާނު އޮންނެވީ ހަތަރެސް ފައިގައި ހިލިހިލާ ޖަހާ މާފުށީ ޖަލުގައި ބަންދު ކޮށްފައި ކަމަށެވެ.

އިއްޔެ އިދިކޮޅުން ބޭއްވި ޖަލްސާގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ފާޑުކިޔާ، ރާއްޖެއާއި ކޮޗިން އާއި ދެމެދު ފެށި ކާގޯ ފެރީގެ ނިޒާމަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ