ފޮޓޯ: އަލްހާން ފަހުމީ، ޓްވިޓާ

އަލްހާންގެ ވެރިކަމެއްގައި ކިޔަވާކުދިންނަށް ހިލޭ އިންޓަނެޓް!

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރަން ނިންމަވާފައިވާ، އަލްހާން ފަހުމީ، އޭނަގެ ވެރިކަމެއްގައި ކިޔަވާ ކުދިންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދޭނެކަމަށް ބުނެފިއެވެ.

މިއަދު ކިޔަވާ ކުދިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ މެދުނުކެނޑި ބޭނުންވާ ވަގުތު އިންޓަރނެޓްގެ ޚިދުމަތް ބޭނުންވާ ބާރުމިނުގައި ނުލިބުންކަމަށް، ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހުމީ ފާހަގަކޮށްފައިވެއެވެ.

"ވިޝަން 2023" ގެ ހޭޝްޓެގްގެ ދަށުން، "ޑިޖިޓަލް މޯލްޑިވްސް"ގެ ނަމުގައި އަލްހާން އަންނަނީ ސޯޝަލް މީޑީއާގައި އޭނަގެ ވެރިކަމުގައި އަންނާނެ ތަރައްޤީގެ މައުލުމާތު ހިއްސާކޮށް، ޕޯސްޓަރުތަކެއް ހިއްސާކުރަމުންނެވެ.

އަލްހާން ފަހުމީ މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވަން ވެސް ނިންމެވިއެވެ. ނަމަވެސް ފަހުން ވަނީ އެ ނިންމެވުން އަނބުރާ ގެންދަވާފައެވެ. އޭގެ ފަހުން އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ނާކާމިޔާބުވެފައެވެ.

އަލްހާން އަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައިވެސް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ފަރާތެކެވެ. އަލްހާން މާލޭ ސިޓީގެ މޭޔަރަކަށް ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ނިއު އެމްޑީޕީންތޯ އަޙްމަދު ނިހާން އެއްސެވުމުން އަލްހާން ވިދާޅުވީ “އެކަން ކުރާން ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އަޅުގަނޑު ތަރުތީބު ކުރާނަން” ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ