އެމާ ސްޓޯން އާއި ޑޭވް ކައިވެނީގެ ގޮށްޖަހާލައިފި!

އޮސްކާ އެވޯޑު ހޯދާފައިވާ ހޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް އެމާ ސްޓޯން، ކައިވެނިކޮށްފިއެވެ. އެމާ ކައިވެނިކޮށްފައިވަނީ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު، އެކްޓަރ އަދި ޑައިރެކްޓަރ ޑޭވް މެކަރޫއާއެވެ.

ޙަބަރުތަކުގައި ރިޕޯޓުކޮށްފައި މައުލޫމާތަށް ބަލާއިރު، މި ދެ ބައިވެރިން ކައިވެނި ކޮށްފައިވަނީ މީގެ ދެ ހަފްތާކުރިންނެވެ. އަދި އެއްވަށްތަރުގެ އަނގޮޓި އަޅައިގެން މި ދެމީހުން މަގުމަތިން ފެނިފައިވާއިރު، މި ބައިވެރިންނާއި ގާތް ފަރާތަކުން ވަނީ މި ދެމީހުން ކައިވެނިކުރީކަމަށް މީޑީއާއަށް ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން، މި ދެމީހުންގެ ކައިވެނީގެ ހަފްލާ މިދިޔަ ހަފްތާގެ ކުރީކޮޅު ބާއްވާފައިވާކަމަށްވެސް އެހެންފަރާތަކުން ވަނީ މީޑިއާއަށް މައުލުމާތުދީފައެވެ.

ލޯބީގެ ގޮތުން ދެ އަހަރަށްވުރެ ގިނަދުވަހު ގުޅިގެން އުޅުމަށްފަހު، އެމާއާއި ޑޭވް އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެމާ އާއި ޑޭވް ދިމާވެފައިވަނީ، ރިއަލިޓީ ޝީ "ސަޓަޑޭ ނައިޓް ލައިވް" ޝޯ ތެރެއިން 2016 ވަނަ އަހަރުއެވެ. އަދި ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ